ސަތާރަ އަަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ޓީޗަރަކު ސަސްޕެންޑު ކޮށްފި!

ކިޔުމަށް ހޭދަވާނީ 39ސ
ސަތާރަ އަަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ޓީޗަރަކު ސަސްޕެންޑު ކޮށްފި!

މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ޓީޗަރެއް ވަޒީފާއިން ސަސްޕެންޑު ކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެޓީޗަރު ސަސްޕެންޑު ކޮށްފައިވަނީ އެއްމަސް ދުވަހަށެވެ. އަދި އެޓީޗަރަކީ އެއަންހެން ކުއްޖާއަށް ޓިއުޝަން ނަގައިދޭން އަންނަ މީހެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިމައްސަލަ ފެންމަތިވީ ޖިންސީ ގޯނާކުރި ކުއްޖާ އެވާހަކަ އޭނާގެ ބައްޕަގާތު ބުނުމުންނެވެ. މިމައްސަލަ ޖެންޑާ މިނިސްޓްރީ އަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

މިމައްސަލައިގެ އިތުރު ތަފްސީލެއް ލިބިފައި ނެތް ނަމަވެސް، މިމައްސަލައާއި ގުޅިގެން ކުއްޖާގެ ބަޔާނެއް ވެސް ޖެންޑާ މިނިސްޓްރީން ނަގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު އޮންލައިން