ޖޭޕީއަށް ރައްޔިތުން ބާރުދީފިނަމަ އަނިޔާވެރިކަމާ ޚިޔާނާތްތެރިވުން ހުއްޓުވާނަން: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޖޭޕީއަށް ރައްޔިތުން ބާރުދީފިނަމަ އަނިޔާވެރިކަމާ ޚިޔާނާތްތެރިވުން ހުއްޓުވާނަން: ޤާސިމް އިބްރާހީމް

ޖޭޕީއަށް ރައްޔިތުން ބާރުދީފިނަމަ އަނިޔާވެރިކަމާއި ޚިޔާނާތްތެރިވުން ހުއްޓުވާނެ ކަމަށް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީ އާއި ބައެއް މެންބަރުން ގުޅުމަށް ޕާޓީގެ މައި މަރުކަޒް މ. ކުނޫޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ޖޭޕީއަށް ރައްޔިތުން ބާރުދީފިނަމަ ރައްޔިތަކަށް އަނިޔާވެރިވާތާ 24 ގަޑިއިރުވަންދެން މިނިވަންކަމާއިއެކު ނުހުރެވޭނެ ކަމަށެވެ. މީގެ އިތުރުން ރައްޔިތުންނަށް ޚިޔާނާތްތެރިވެފައިވެސް ނުހުރެވޭނެ ކަމަށާއި އަދި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެސް ނުވެވޭނެ ކަމަށެވެ.  

ޤާސިމް އިބްރާހީމް ވިދާޅުވީ އަބަދުވެސް ރައްޔިތުންނަށް ޚިދުމަތް ކުރަވަންމުން ގެންދަވަނީ އެކަމަކުން ލިބިވަޑައިގެންފާނެ ނަމަށް ބައްލަވައިގެން ނޫން ކަމަށާއި އަބަދުވެސް ބައްލަވަނީ ރައްޔިތުންނަށް އިތުރު ފައިދާހުރި ގޮތްތައް ހޯއްދަވައި ދެއްވުމަށް ކަމަށެވެ. ރައްޔިތުންނަށް ފައިދާކުރާނެ ކަންކަން ކޮށްދެއްވުމަށް ކަމަށެވެ. "ތައުލީމީ ޞިއްޙީ، އިޖުތިމާޢީ" ދާއިރާ ފަދަ ދާއިރާތަކުން ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ.  

ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަމުން އެހައި އަވަހަށް އިސްތިޢްފާ ދެއްވި ސަބަބާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާތީ އެކަމަށް ޖަވާބު ދެއްވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ އިސްތިއުފާ ދެއްވީ ހޯމް މިނިސްޓަރު ކަމުގައި ހުންނަވައިގެން ޤާނޫނުން ލިބިދޭ ބާރާއި އިޚްތިޔާރުގެ ތެރެއިން އެއްވެސް ކަމެއް ކޮށްދެއްވޭނެ ގޮތް ނުވުމުން އިސްތިޢްފާ ދެއްވީ ކަމަށެވެ. އަދި އިސްތިޢްފާ ދެއްވީ 3، 4 ފަހަރު މަތިން މޫނުމަތީގައި ޖަހަންދެން" މަޑުކުރައްވާފައި ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ އިންތިޚާބަކާއި ގުޅިގެންވެސް ވަރަށް ގިނަ ވާހަކަތައް ތަފާތު ގޮތް ގޮތްގޮތަށް ދައްކާނެ ކަމަށާއި ވަރަށް ގިނަ ވައުދުތައް ވެސް ވާނެ ކަމަށެވެ. ނަމަވެސް އިންތިޚާބު ނިމުމުން އެކަންކަން ފުރިހަމަކޮށްނުދެވި ހުންނަތަން ރައްޔިތުންނަށް އަބަދުވެސް ފެންނަމުން އަންނަ ކަމަށެވެ. 'އެދައްކާ ވާހަކަތަކުގެ ގިނަ ކަންތައްތައް ދާނީ ދިމާ ނުވެ."  

ޤާސިމް އިބްރާހީމް މިރޭ ވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ދުވަހެއް ދުވަހަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވަމުން އަންނަކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

 

މިއަދު އޮންލައިން