އެމް ސީ އެސްގެ މީޑިއާ އޮފިސަރުގެ މަޤާމަށް އާމިނަތު ޔުސްރީން އަޙްމަދު ހަމަޖައްސައިފި

ކިޔުމަށް ހޭދަވާނީ 46ސ
އެމް ސީ އެސްގެ މީޑިއާ އޮފިސަރުގެ މަޤާމަށް އާމިނަތު ޔުސްރީން އަޙްމަދު ހަމަޖައްސައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިސަރުގެ މަޤާމަށް ސިވިލް އެސިސްޓަންޓް އެގްޒަކަޓިވް އާމިނަތު ޔުސްރީން އަޙްމަދު ހަމަޖައްސައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަންގެ ސީނިއަރ ސިވިލް އޮފިސަރ ގެ މަގާމް އަދާކުރި އަލްފާޟިލާ ޔުސްރީން ވަނީ މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ކޮމިޝަންގެ މީޑިއާ އޮފިސަރގެ މަގާމް އަދާކޮށްފައެވެ.

 

އަލްފާޟިލާ ޔުސްރީން ވަނީ މީޑިއާ ސްޓަޑީޒް އިން މާސްޓަރސް ޑިގްރީ އަދި މާސް ކޮމިއުނިކޭޝަން (ޖަރނަލިޒަމް އެންޑް ޕަބްލިކް ރިލޭޝަންސް) ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއިގުޅޭ މައުލޫމާތު ހޯދުމަށް އަލްފާޟިލާ ޔުސްރީން އަށް ގުޅުއްވާނީ 9553500 ށެވެ.

މިއަދު އޮންލައިން