ރާއްޖޭގައި އަންހެން ކުދިން ރޭޕްކުރުމުގެ މައްސަލަތައް ފާހަގަކުރެވެމުން މިދަނީ ދެ ގޮތަކަށެވެ. އެއްގޮތަކީ ކައިވެނީގެ ނަމުގައި ރޭޕްކުރުމެވެ. 2 ވަނަ ގޮތަކީ ލޯބީގެ ނަމުގައި ޜޭޕްކުރުމެވެ.
މިދިއަ އަހަރު ކައިވެނީގެ ނަމުގައި ރޭޕްކުރެވުނު 5 ކުއްޖެއްގެ މައްސަލަ ހުށަހެޅުނު ކަމަށްބުނާއިރު ކައިވެނީގެ ބޭރުން ލޯބީގެ ނަމުގައި ރޭޕްކުރެވުނު ކުދިންގެ އަދަދުވެސް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
އެ އަދަދުގެ ޔަޤީން ޢަދަދު ހޯދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ކައިވެނީގެ ބޭރުން ވިހާފައި ތިބި ކުދިންގެ އަދަދު ބެލުމުން އޮއޮތީ ޔަޤީންކުރެވޭ އަދަދު އެނގިފައެވެ. މި އަދަދު މިހައި ފަސޭހައިން ހޯދައި އަދި ޑީއެންއޭ ހަދައިގެން ރޭޕްކުރި މީހުން ނުހަނު ފަސޭހައިން ހޯދެން އޮތް އިރުވެސް މިއިން ކަމަކާއި ކަންބޮޑުވެ އެކުދިން ޜޭޕްކުރާ މީހުން ހޯދަން އުޅޭތަން ނުފެންނާތީ ގިނަ ބައަކު ކަންބޮޑުވެއެވެ.
ބައެއް މީހުން ލަފާކުރާ ގޮތުގައި ލޯބީގައި ރޭޕްކުރެވެމުންދާ ކުދިންގެ ޢަދަދު ހާހުން ގުނައިލެވޭނެއެވެ. ފަޅާއއަރާ ކުދިންގެ އަހަރަކު 100 އަށްވުރެ ގިނަވާނެއެވެ. ނަމަވެސް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިފަދަ އެއްވެސް މައުލޫމާތެއް ހާމަ ނުކުރާތީ ޔަޤީންކަން ލިބޭނެ ގޮތެއް ނެތެވެ!