އެސްޓީއޯ އިން ސްރީލަންކާއަށް ތެޔޮ ވިއްކަން ފަށާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އެސްޓީއޯ އިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަމްރު ވިދާޅުވީ އަންނަ މަހުން ފެށިގެން ހަމަ އެކަނި ރާއްޖެއަށް ތެޔޮ އެތެރެކުރުމުގެ ބަދަލުގައި އެސްޓީއޯއިން އަވަށްޓެރި ސްރީލަންކާއަށް ވެސް ތެޔޮ ވިއްކަން ފަށާނެ ކަމަށެވެ.
އަމްރު ވިދާޅުވީ ތެޔޮ އެތެރެކުރުމުގެ އިތުރުން ތެޔޮ ޑިސްޓްރިބިއުޓްވެސް ކުރަމަށް ހަތަރު ބާޖެއް ބަންނަމުންދާކަމަށެވެ.
މެދުއިރުމަތީގައި ހިނގައިދިޔަ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެގެން މިދިޔަ ނަމަވެސް އެސްޓީއޯއިން ބެލީ ވީހާ ވެސް ކުޑަ އަގެއްގައި ރައްޔިތުންނަށް ޑިސަލާއި ޕެޓްރޯލް ލިބޭނެ ގޮތް ހެދުމަށްމަށް އަމްރު ވިދާޅުވިއެވެ.
މިދިޔަ އަހަރު ޓެކްހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 422 މިލިއަން ރުފިޔާ އެސްޓީއޯ އަށް ވަނީ ލިބިފައެވެ.