ކޮރޯނާ ވައިރަސް އަކީ ދުނިޔޭގެ ޞިއްޙަތަށް އޮތް ނުރަކަލެއް! އޮތީ ބިރުގަތުމެއް ނޫން! ސަމާލުކަން ދިނުން!: ޑަބްލިޔޫއެޗްއޯ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ކޮރޯނާ ވައިރަސް އަކީ ދުނިޔޭގެ ޞިއްޙަތަށް އޮތް ނުރަކަލެއް! އޮތީ ބިރުގަތުމެއް ނޫން! ސަމާލުކަން ދިނުން!: ޑަބްލިޔޫއެޗްއޯ

ކޮރޯނާ ވައިރަސް އަކީ ދުނިޔޭގެ ޞިއްޙަތަށް އޮތް ނުރަކަލެއް ކަމަށް ކަނޑައަޅައި ބައްޔާއިމެދު ސަމާލުވުމަށް ޑަބްލިޔޫއެޗްއޯ އިން އިލްތިމާސްކޮށްފިއެވެ.  

އެ ޖަމިއްޔާއިން މީގެ ބައިގަޑިއެއްހައިއިރު ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިބަލި ޖެހުނު މީހުންގެ އަދަދު މިހައި އަވަހަށް 8200 އަށް އިތުރުވެ 171 މީހުން މަރުވުމުން ޞިއްހީ ކަންބޮޑުވުން އެބައޮތް ކަމަށެވެ. 

(މީގެ ތެރެއިން 8123 މީހުން ފެނިފައިވަނީ ޗައިނާއިންނެވެ. 6 ޤައުމަކުން ފެނިފައިވަނީ އެންމެ މީހެކެވެ.) 

ޑަބްލިޔޫއެޗްއޯ އިން ބުނީ ބައްޔާއިމެދު އޮތީ ބިރުގަތުމެއް ނޫން ކަމަށާއި ސަމާލުކަން ދިނުން ކަމަށެވެ. "މިއީ ސައިންސްގެ ހޯދުންތައް އިތުރުކުރަން މަސައްކަތްކުރަންވީ ވަގުތު- ދޮގު މައުލޫމާތު ފަތުރަންވީ ވަގުތެއް ނޫން. އަދި ހުރިހާ ޤައުމުތައް ގުޅިގެން ބަލި އިތުރަށް ފެތުރުނަ ނުދޭން މަސައްކަތްކުރުން އޮތީ. އެންމެން އެކުވެރިވެ އެއްބާރުލުން ދޭންވީ!" 

"ޗައިނާ ނޫން ޤައުމުތަކުގަ ގައިން ބައަށް އަރާ މިންވަރު އަދި ވަރަށް ކުޑަ. އެހެން ނަމަވެސް އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އޮތުމުން އެކަމަސް ސަމާލުކަން އިތުރުކުރަންވީ. ބަލި ޖެހޭ މީހުންނަށް ބަލާއިރު 20 އިންސައްތަ މީހުންނަސް ނިޔުމޯނިއާ ފަދަ ނުރައްކާތެރިބަލިތައް ޖެހޭ. އެތެރެހަށީގެ ގުނަވަންތައް ހަލާކުވަމުންދަނީ." 

މިއަދު އޮންލައިން