ޗައިނާގައި ޢާންމުވެފައިވާ ކޮރޯނާ ވައިރަސް ބަލީގައި އިއްޔެގެ ނިޔަލަށް މަރުވި މީހުންގެ އަދަދު ވަނީ 213 އަށް އިތުރުވެފައެވެ. މިއީ ކުރީ ދުވަހާހަމައަށް އޮތް 170 މީހުންގެ އަދަދަށް ބަލައިފިނަމަ 25 އިންސައްތަ އިތުރު އަދަދެކެވެ.
މީގެ އިތުރުން ބަލި ޖެހުނުކަން ޔަޤީންކުރެވުނު މީހުންގެ ޢަދަދުވެސް ވަނީ 9096އަށް އިތުރުވެފައެވެ. މިއީވެސް ކުރީ ދުވަހަށްވުރެ 2000 އަށްވުރެވެސް އިތުރު ޢަދަދެކެވެ. މިއީ ވެސް 29% އިތުރު އަދަދެކެވެ.
ޗައިނާ ނޫން ޤައުމުތަކުގައި ބަލި ފެތުރުން އަދި ވަނީ ކޮންޓްރޯލް ކުރެވިފައެވެ.