ކޮރޯނާ ވައިރަސްއާއި އެހެންވެސް ނުރައްކާތެރި ރޯގާތަތަކާއި އާފާތަކުން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ދުޢާކުރައްވައިފިއެވެ.
ޔާ ﷲ! ކޮރޯނާ ވައިރަސް ގެ ނުރައްކާތެރިކަމުންނާއި، އަދި މިފަދަ އެހެނިހެން ނުރައްކާތެރި ރޯގާތަކާއި، އާފަތްތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރައްވައި، އަވަސް ޝިފާއާއި، ރައްކާތެރިކަމާއި އަމާން ކަން އަޅަމެންނަށް މިންވަރު ކޮށްދެއްވާނދޭވެ! އާމީން
- ޤާސިމް އިބްރާހީމް
މީގެ އިތުރުން ޤާސިމް އިބްރާހީމް ވަނީ ކޮރޯނާ ވައިރަސް ޖެހޭ މީހުންނަސް އެހީތެރިވުމުގައި ސަލާމަތީ ބާރުތަކުން ކޮށްދެމުން ގެންދާ ޚިދުމަތްތަކުގެ އަގުވަޒަން ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
"ޤައުމަށް ނުރައްކަލެއް ކުރިމަތިވާ ކޮންމެ ވަގުތަކު، އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކޮށް، ވާޖިބު އަދާކުރުމަށް އެންމެ ފުރަތަމަ ނުކުންނަނީ ދިވެހި ސިފައިންނާއި ފުލުހުންނެވެ. އަޅުގަނޑުގެ ހިތުގެ ލޯތްބާއި، އިޙްތިރާމާއި ޝުކުރު އަބަދުވެސް ވަނީ ސަލާމަތީ ބާރުތަކާއިއެކު."
ޗައިނާގެ އެއްގަމު މަސް ވިއްކާ މާރުކޭޓަކަށް ދިއުމުން ކޮރޯނާ ވައިރަސް ޖެހުމުގެ ފުރުޞަތު އޮތުމުން ޓެސްޓްކުރުމަށްޓަކައި އެކަހެރިކުރި 20 އަހަރުގެ ޒުވާނާ ފުނަދުއަށް ގެންދިއުމުގައި އެހީތެރިވެފައިވަނީ ދިވެހި ސިފައިންނެވެ.
ޔާ الله! ކޮރޯނާ ވައިރަސް ގެ ނުރައްކާތެރިކަމުންނާއި، އަދި މިފަދަ އެހެނިހެން ނުރައްކާތެރި ރޯގާތަކާއި، އާފަތްތަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރައްވައި، އަވަސް ޝިފާއާއި، ރައްކާތެރިކަމާއި އަމާން ކަން އަޅަމެންނަށް މިންވަރު ކޮށްދެއްވާނދޭވެ ! އާމީން pic.twitter.com/cIJqMnk45l
— Qasim Ibrahim (@qasimibrahim) January 31, 2020
Qaumah Nurakkaleh Kurimathi vaa Konmme Vaguthaku, Amilla Nafsah Vure Qaumu isskoh,Waajibu Adhaakuran Enmmefurathama Nikunnanee Dhivehi Siffainaa Fuluhun. Alhuganduge Hithuge Loaibaa, ikhuthiraamaa Shukuru Abadhuves vaanee Salaamathee Baaruthakaa eku. @MNDF_Official @PoliceMv pic.twitter.com/yj3Zi0wf0t
— Qasim Ibrahim (@qasimibrahim) January 31, 2020