ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް!

ކިޔުމަށް ހޭދަވާނީ 1މ 13ސ
ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް!

ޚާއްސަ އެހީއަށް ބޭނުންވާ، އުމުރުން 30 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަޕަރ ނޯތު ޕޮލިސް ޑިވިޝަން (ހއ. ހދ. ށ އަތޮޅު) ގައި ހިމެނޭ ރަށެއްގައި 3 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ރޭ 19:30 ހާއިރު، ޚާއްސަ އެހީއަށް ބޭނުންވާ އުމުރުން 30 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުން އަންނައިރު، މެދު ރާއްޖެތެރޭގެ ރަށެއްގައި ދެ ކުއްޖަކަށް ދޮން ބައްޕައަކު ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލަކު ރޭގައި ވިދާޅުވީ މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 55 އަހަރުގެ ފިރިހެނަކު އޭނާގެ ދެ ދޮން ދަރިންނާއި މެދު ޖިންސީ ގޯނާކުރި މައްސަލައެއް މި މަހުގެ އެއްވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި އަނިޔާ ލިބިފައިވަނީ 18 އަހަރުން ދަށުގެ ދެ ކުއްޖަކަށް ކަމަށްވާއިރު، މި މައްސަލާގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަން އޮފިޝަލް ވިދާޅެއް ނުވެއެވެ.

 

މި ދެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

 

މިއަދު އޮންލައިން