ދެކުނުގެ ރަށެއްގައި މަޔަކު ފިރިހެން ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ!

ކިޔުމަށް ހޭދަވާނީ 52ސ
ދެކުނުގެ ރަށެއްގައި މަޔަކު ފިރިހެން ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ!

ދެކުނު ރަށެއްގައި މަންމައަކު، އުމުރުން 14 އަހަރުގެ ފިރިހެން ދަރިއަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި، އުމުރުން 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް އޭނާގެ މަންމަ ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް މިމަހުގެ ދެވަނަ ދުވަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

ޖިންސީ ގޯނާ ލިބުނު ކުއްޖާ މިހާރު ރައްކާތެރި މާހައުލަކަށް ބަދަލު ކޮށްފައިވާ ކަމަށާއި މިމައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިމައްސަލައާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެކުނުގެ އަތޮޅެއްގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކަށް އެކުއްޖާގެ މަންމަ (38އ.) ޖިންސީ ގޯނާކޮށް، ބަދު އަޚްލާގީ ޢަމަލު ހިންގާކަމުގެ މައްސަލައެއް 2 ފެބްރުއަރީ 2020 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެކުއްޖާ މިހާރުވަނީ ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައި ކަމަށް ފުލުހުން ވެސް މައުލޫމާތު ދެއްވައެވެ.

މިއަދު އޮންލައިން