19 އަހަރުގެ އަންހެނަކަށް ބިރުދައްކައިގެން އޭނާގެ ދޮންބައްޕަ ރޭޕްކުރަމުން ދިއަ މައްސަލައެއް މިއަދު ފުލުހުން ހާމަކޮށްފައެވެ!
ފުލުހުން ބުނެފައިވަނީ 56 އަހަރުގެ ދޮން ބައްޕަގެ މައްސަލަ ބަލަމުން ދަނިކޮށް އޭނާ ދިރިއުޅޭ ގޭދޮށަށް ބައަކު އެއްވެ އޭނާ އަށް ހަމަލާދީ މަރާލާނެ ކަމުގެ އިންޒާރުވެސް ދިނުމުން އެ މައްސަލަވެސް ބަލަމުން ގެންދާ ކަމަށެވެ.
ރޭޕް ކުރުމާއިބެހޭ ގޮތުން ޝައިޚް މުޙައްމަދު ޝާފިޢު ވިދާޅުވެފައިވެއެވެ:
ރޭޕްކުރުމަކީ ޒިނޭކުރުމަށްވުރެވެސް ބޮޑު ޖަރީމާއެއް!
ޒިނޭގެ ފާޙިޝް ޢަމަލުގެ ނުބައިކަމާއި ބޮޑުކަމުން، އިސްލާމްދީނުގައި އެންމެ ބޮޑު ޙުކުމެއް ކަނޑައެޅިފައިވާ އެއް ފާފައަކީ ޒިނޭކުރުމެވެ. އެގޮތުން މުޙްޞަނަކު (ޞައްޙަ ކައިވެންޏަކުން ކައިވެނިކޮށް، ކައިވެނީގެ އުފާ ލިބިގެންފައިވާ މީހަކު) ޒިނޭކޮށްފިނަމަ އެމީހެއްގެ މައްޗަށް އޮތް ޙައްދަކީ ރަޖަމުކުރުމެވެ.
އެއީ އަދި ދެމީހުންގެ ރުހުމުގައެވެ. ދެން އެހެންވީއިރު ބިރުދައްކައިގެން ގަދަބާރުން މީހެއްގެ ޢިއްފަތްތެރިކަން ފޭރިގަންނަ މީހާގެ ނުބައިކަން ކިހާ ބޮޑުވެގެން ވާނެ ހެއްޔެވެ؟
އަދި އެއަށްވުރެވެސް ނުބައިވެގެންވަނީ ތިމާގެ އަމިއްލަ ލޭހިނގާ، ތިމާ އެބައެއްގެ ޙިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުން ވާޖިބުވާ ތިމާގެ ދަރިން ނުވަތަ އެނޫންވެސް މީހެއްގެ، އަދި ކިއެއް އަމިއްލަ ރައްކާތެރިކަން ހޯދޭނެހާ އާރެއް ބާރެއް ނެތް ތުއްތު ކުދިންގެ ޢިއްފަތްތެރިކަމަށް އަރައިގަތުމެވެ.
މިފަދަ ކަންކަން ކުރާ މީހުންގެ މައްޗަށް ޝަރީޢަތުގައިވާ ގޮތަށް ކުށް ޘާބިތުކޮށް، ރަޖަމު ކުރުމަށް، ނުވަތަ ދަން ޖައްސާ މެރުމަށް ނުވަތަ އެނޫންވެސް ގޮތްގޮތަށް އަދަބުދީ މެރުން އިސްލާމީ ޝަރީޢަތުގައި ހުއްދަކުރައްވާފައި ވެއެވެ.
ނޯޓް:
ދަންނާށެވެ. ﷲ އާއި އެއިލާހުގެ ރަސޫލާއާއި ދީނުގެ ކަންކަމަށް އިންކާރުކޮށް ފުރައްސާރަކުރުމަކީ ރޭޕް ކުރުމަށްވުރެވެސް ބޮޑު ފާފައެކެވެ.