ސްޓެލްކޯއިން މުވައްޒިފުންނަށް ކުޑައަގެއްގައި، އިންސްޓޯލްމަންޓަށް ސޯލާ ޕެނެލް ހަރުކޮށްދެނީ! ޢާންމުންނަށްވެސް ފުރުޞަތު ހުޅުވާލަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ސްޓެލްކޯއިން މުވައްޒިފުންނަށް ކުޑައަގެއްގައި، އިންސްޓޯލްމަންޓަށް ސޯލާ ޕެނެލް ހަރުކޮށްދެނީ! ޢާންމުންނަށްވެސް ފުރުޞަތު ހުޅުވާލަނީ!

"ސްޓެލްކޯ ގްރީންލައިފް އިނިޝިއޭޓިވް"ގެ ދަށުން މުވައްޒަފުންނަށް ފަސޭހަ ކަމާއެކު، ސޯލާ ޕެނަލް ގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ސްޓެލްކޯ އިން ބުނެފައިވަނީ އިންސްޓޯލްމަންޓަށް ކުޑަ އަގެއްގައި ލިބޭ އެޕެނަލްތައް ހަރު ކުރުމުގެ ހުރިހާ މަސައްކަތެއް ކުރަން ހަމަޖެހިފައިވަނީ އެ ކުންފުނިން ކަމަށާއި އަދި މުވައްޒަފުންނާއި އެއް އަގެއްގައި އާންމުންނަށްވެސް ސޯލާ ގަތުމުގެ ފުރުސަތު މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ހުޅުވާލެވިގެންދާނެ ކަމަށެވެ.

ސްޓެލްކޯއިން ބުނެފައިވަނީ މިއީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް އެ ކުންފުނީގެ މިސްރާބު އިޔާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ މަސައްކަތުގެ ތެރެއިން ފަހިކޮށްދިން ފުރުޞަތެއް ކަމަށެވެ.

މިއަދު އޮންލައިން