ޓީޗަރުންގެ މުސާރަ ބޮޑުކުރާނެ ފައިސާއެއް ނެތް! އެންމެ ކުޑަ މުސާރަ މަތިކޮށްފަ ފައިސާ ދޭނީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޓީޗަރުންގެ މުސާރަ ބޮޑުކުރާނެ ފައިސާއެއް ނެތް! އެންމެ ކުޑަ މުސާރަ މަތިކޮށްފަ ފައިސާ ދޭނީ ކިހިނެއް؟

މިހާރު އެންމެ ބާރަށް މިއިވޭ އެއް އަޑަކީ ދެވޭ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖް މިމަސްތެރޭގައި ކަނޑައަޅައި މިހާރު އެންމެ ކުޑަ މުސާރަ ލިބޭ މީހުންގެ މުސާރަ ބޮޑުކުރާ ވާހަކައެވެ. 

ސަރުކާރަށް ބަލައިފިނަމަ ސިވިލްސަރިވިސްގެ ގިނަ ބައެއްގެ މުސާރަ ބޮޑުވެގެންދާނެ ކަމުގެ އުންމީދުތައް ސިޔާސީ ލީޑަރުން ގެންދަނީ ދެމުންނެވެ. މުސާރަ ކަނޑައަޅައި ބޮޑުކުރި ނަމަވެސް މުވައްޒިފުންނަށް އެކަމުގެ ފައިދާ ކުރާނީ އަތަށް ލިބޭ ރުފިޔާ އިތުރުވެގެންނެވެ. 

މިއާއިއެކު މިހާރު މިއަޑުއިވެނީ ޓީޗަރުންގެ މުސާރަ ބޮޑުކުރާނެ ކަމަށް ބުނެފައި އޮތް ނަމަވެސް ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ކުޑަކުރަން ޖެހިފައިވާތީ މުސާރަ ބޮޑުކުރެވެން މިވަގުތު ނެތް ވާހަކައެވެ! ޓީޗަރުންގެ މުސާރަ ބޮޑުކުރަން ވާހަކަ ދެކެވޭ ކޮންމެ ފަހަރަކުވެސް ކޮންމެވެސް ބަހަނާއެއްގެ ވާހަކަ އަޑުއިވުމަކީ ކުރިން ސުރެވެސް މެދުވެރިވަމުން އަންނަ ކަމެކެވެ. 

ރިކަރަންޓް ޚަރަދުތައް ކުޑަކުރަން ޓީޝަރުންގެ މުސާރަ ބޮޑު ނުކުރެވުނު ނަމަވެސް ސަރުކާރުން ހިންގާ މަޝްރޫޢުތައް ހަމަ ބާރަށް ހިންގާނެ ކަމުގެ ވާހަކަތައްވެސް އެބަ އަޑު އިވެއެވެ. އެއީ ކުރިއަށް އޮތް އިންތިކާބުގެ ވޯޓަށް ކަމުގައިވާނަމަ ޓީޗަރުންނާއި އެމީހުންގެ ޢާއިލާތަކުން ލާ ވޯޓު ބޭނުން ނުވަނީ ކަމާއިމެދުވެސް ސުވާލުއުފެދެއެވެ. 

ކޮރޯނާ ވައިރަސް އާއި ގުޅިގެން އިޤްޠިޞާދީ ގޮތުން އަރާ ލޮޅުމެއް ސަރުކާރު ފަދައިން އަމިއްލަ  ކުންފުނިތަކަށްވެސް އަރާނެއެވެ! ވީއިރު މިނިމަމް ވޭޖް ކަނޑައެޅި ނަމަވެސް އަމިއްލަ ކުންފުނިތަކަށް ވެސް މުސާރަ ބޮޑުކުރަން ދަތިތައް ހުންނާނެއެވެ!

 

 

މިއަދު އޮންލައިން