އޭއައިއޭ ގައި ހިމެނޭ އެސްޓީއޯގެ ހިއްސާ ދޫކޮށްލަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
އޭއައިއޭ ގައި ހިމެނޭ އެސްޓީއޯގެ ހިއްސާ ދޫކޮށްލަނީ!

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ) ގައި ހިމެނޭ އެސްޓީއޯގެ ހިއްސާ ދޫކޮށްލުމަށް އެކުންފުނިން ނިންމައިފިއެވެ.

މިކަމާގުޅިގެން އެސްޓީއޯއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އޭއައިއޭގައި، އެސްޓީއޯގެ ހިއްސާ އެކުލެވިގެންވާ ނިސްބަތަކީ މޫނުމަތީ އަގުގެ 1،000 ރުފިޔާގެ 40،000 ހިއްސާ ކަމަށާއި އެސްޓީއޯގެ ހުރިހާ ހިއްސާއެއް ދިވެހި ސަރުކާރުގެ ނަމަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

އޭއައިއޭގައި ހިމެނޭ ކުންފުނީގެ ހުރިހާ ހިއްސާއެއް ސަރުކާރުގެ ނަމަށް ބަދަލުކުރެވެނީ ކުންފުނީގެ ހިސާބުތަކުގައި ހުރި ހިއްސާތައް އަގުކުރެވިފައިވާ އަގަށް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން