މެދުރާއްޖެތެރޭ ރަށެއްގައި ފަނަރައަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި!

ކިޔުމަށް ހޭދަވާނީ 45ސ
މެދުރާއްޖެތެރޭ ރަށެއްގައި ފަނަރައަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފި!

މެދުރާއްޖެތެރޭގެ ރަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނޯތު ސެންޓްރަލް ޕޮލިސް (ކ، އއ، އދ، އަތޮޅު) ހިމެނޭ ސަރަޙައްދުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކު ރޭޕް ކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއްވި ކަމުގައިވިޔަސް، އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާ ކޮށްފައިވަނީ އއ. އަތޮޅުގެ ރަށެއްގެ އުމުރުން 15 އަހަރުގެ ކުއްޖަކަށެވެ.

މިމައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް ރޭ ފަތިހު އެރަށަށް ގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މިމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް އެނގިފައެއް ނުވެއެވެ. ނަމަވެސް ފުލުހުންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން