ދެ އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލާފައިވާ ކާފަ އާއި މުނިކާފަގެ ޝަރީޢަތް ފަށައިފި!

ކިޔުމަށް ހޭދަވާނީ 50ސ
ދެ އަހަރުގެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލާފައިވާ ކާފަ އާއި މުނިކާފަގެ ޝަރީޢަތް ފަށައިފި!

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ އެކުއްޖާގެ ކާފައާއި މުނިކާފަގެ ޝަރީޢަތް މިއަދު ފަށައިފިއެވެ.

މިމައްސަލައިގެ ޝަރީޢަތް ފަށާފައިވަނީ މިއަދު ހެނދުނު 10:30 ގައި ކްރިމިނަލް ކޯޓުގައެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 62 އަހަރުގެ އިބްރާހިމް ދީދީ (ކުއްޖާގެ ކާފަ) އަދި 82 އަހަރުގެ ހަސަން މޫސާ ދީދީ (ކުއްޖާގެ މުނިކާފަ) އެވެ. އެދެމީހުންގެ މައްޗަށް އުފުލާފައިވަނީ އާއިލާގެ މެމްބަރަކު އެއާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުންނެވެ.

މިމައްސަލައިގައި، ކުއްޖާއަށް އިހުމާލުވިކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލާފައެވެ.

މިއަދު އޮންލައިން