މާފުށީ ޖަލަށް ވަޑައިގެން މިނިސްޓަރ އިމްރާން ރައީސް ޔާމީނާއި ބައްދަލު ކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 15ސ
މާފުށީ ޖަލަށް ވަޑައިގެން މިނިސްޓަރ އިމްރާން ރައީސް ޔާމީނާއި ބައްދަލު ކުރައްވައިފި

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އާއި، މާފުށީ ޖަލުން ހޯމް މިނިސްޓަރ އިމްރާމް އަބްދުﷲ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން ކަރެކްޝަންސް އިން ބުނީ ހޯމް މިނިސްޓަރު އިމްރާން އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުހައްމަދުފުޅު މާފުށި ޖަލަށް މިއަދު ޒިޔާރަތް ކުރައްވާ ޖަލުގެ އާންމު ހާލަތު ބައްލަވާލައްވާފައިވާ ކަމަށެވެ.

އެބޭފުޅުންގެ މިޒިޔާރަތުގައި، ކުރީގެ ރައީސް ޔާމީނާ ބައްދަލުކުރެއްވި ކަމަށާއި އަދި ރައީސް ޔާމީންގެ ހުރި ކަންބޮޑުވުންތައް އެ ބޭފުޅުން އޮޅުން ފިލުއްވާފައިވާ ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

މިނިސްޓަރު އިމްރާން ރައީސް ޔާމީންއާ ބައްދަލުކުރެއްވިއިރު، ދާދިފަހުން ޓެސްޓުތަކެއް ހެދުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެމަނިކުފާނު ވަނީ އެޑްމިޓްކޮށްފައެވެ. ތިން ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮންނެވުމަށްފަހު ޔާމީން ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

މީގެކުރިން ބޭއްވި ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއްގައި އެމަނިކުފާނު ވަނީ ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަންޖެހޭ ސިއްހީ މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ކަފާލާތުގެ ދަށުން މިނިވަންކޮށްދެއްވުމުގެ އަމުރަކަށް އެދިވަޑައިގެންފައެވެ. ނަމަވެސް ކޯޓުން އެފަދަ އަމުރެއް ދެއްވާފައެއް ނުވެއެވެ.

މިއަދު އޮންލައިން