މެދުރާއްޖެތެރޭގެ ރަށެއްގައި އުމުރުން 17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، އެކުއްޖާގެ ދޮންބައްޕަ ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިމައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރު ކޮށްފައިވަނީ މިއަދު ހެނދުނު 9:50 ހާއިރު ކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ރޭ 21:20 ހާއިރެވެ.
މިއީ ކުޑަ ކުއްޖަކާއި ގުޅުން ހުރި މައްސަލައެއް ކަމަށްވުމުން، އެކުއްޖާގެ ވަނަވަރު ސިއްރު ކުރުމުގެ ގޮތުން އެކުއްޖާގެ އެއްވެސް އިތުރު މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.