ނިއުރޯ އެންޑޯ ވެސްކިއުލާގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ތައާރަފުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ނިއުރޯ އެންޑޯ ވެސްކިއުލާގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ތައާރަފުކޮށްފި

ނިއުރޯ އެންޑޯ ވެސްކިއުލާގެ ހިދުމަތް އޭޑީކޭ ހޮސްޕިޓަލުން ތައާރަފުކޮށްފިއެވެ.

ނިއުރޯ އެންޑޯ ވެސްކިއުލާގެ ހިދުމަތަކީ ސިކުނޑި އަށް ލޭ ފޮނުވާ ހޮޅިތަކުގައި އުފެދޭ އެނިއުރިޒަމް ބައްދައި، އެ ބޮޑުވިޔަ ނުދިނުމަށެވެ.

މިކަމާގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އޭޑީކޭ އިން ބުނެފައިވަނީ ނިއުރޯ އެންޑޯ ވެސްކިއުލާ ފަރުވާ އަށް ބޭރަށް ފޮނުވުން ހަރަދުކުޑަ ކަމަށް ވިއަސް އެކަމަށް ހަގީގަތުގައި ބޮޑު ހަރަދެއް ހިނގާނެ ކަމަށާއި މި ފަރުވާއަށް ޔޫރަޕަށް ދިޔަކަމުގައި ވިއަސް ފަރުވާ ލިބޭނީ އެ ފެންވަރުގައި އެއަށް ވުރެ 50-60 ޕަސެންޓް އަގުބޮޑުކޮށް ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ރާއްޖެއިން މި ފަރުވާއަށް ކަނޑައަޅާފައިވަނީ ބޭރުގެ އެހެން ހޮސްޕިޓަލުތަކާ ބަލާއިރު ވަރަށް ކޮމްޕެޓިޓިވް އަގުތަކެއް ކަމަށާއި ހިދުމަތް ހޯދައިދޭން މަސައްކަތް ކުރަނީ އެގޮތަށް ވެސް ވިސްނައިގެން ކަމަށެވެ.

އާސަންދަ މެދުވެރިކޮށް މިހިދުމަތް ފޯރުކޮށްދިނުމަށް މިހާރު އާސަންދާއަށް އެ ޕްރޮސީޖާތަކުގެ އަގުތައް ހުށަހަޅާފައިވާކަމަށް ވެސް އައްފާލު ވިދާޅުވިއެވެ. 

އޭޑީކޭގެ ނިއުރޯސާޖަން ޑރ. އަލީ ނިޔާފު ވިދާޅުވީ ނިއުރޯ އެންޑޯ ވެސްކިއުލާގެ ޑިޖިޓަލް ސަބްޓްރެކްޝަން އެންޖިއޯގްރަފީ (ޑީއެސްއޭ)ގެ 12 ޓެސްޓެއް ހަދައި ތިން ޕްރޮސީޖަ ފުރިހަމަކޮށްފައިވާ ކަމަށެވެ. 

 

 

 

މިއަދު އޮންލައިން