ކުޑަ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރި މައްސަލައެއް!

ކިޔުމަށް ހޭދަވާނީ 32ސ
ކުޑަ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރި މައްސަލައެއް!

ކުޑަ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެގެން، ފުލުހުން އެމައްސަލަ ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އުތުރުގެ ރަށެއްގެ އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް އުމުރުން 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް މިއަދު މެންދުރު 12:30 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިމައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެބިދޭސީ މީހާ މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އެމައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

 

މިއަދު އޮންލައިން