އައްޑޫ ސިޓީގެ ހުޅުދޫ ބަނދަރު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 26ސ
އައްޑޫ ސިޓީގެ ހުޅުދޫ ބަނދަރު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ހުޅުދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ގެ އަގަކީ 67,134,884.09 ރުފިޔާއެވެ. ނިންމުމަށް ދީފައިވާ މުއްދަތަކީ 375 ދުވަހެވެ.

ޕްލޭނިން މިނިސްޓްރީ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެމްޓީސީސީއާ ދެމެދު ވަނީ ސޮއިކޮށްފައެވެ.

މިއީ ސަރުކާރުން ކުރިއަށް ގެންދާ 50 ވަނަ ބަނދަރުގެ މަޝްރޫޢު އެވެ.

 

މިއަދު އޮންލައިން