އުރީދޫގެ ޚިދުމަތްތައް 24 ގަޑިއިރު ލިބޭ ޑިޖިޓަލް ސެންޓަރެއް ރާއްޖޭގައި މިއަދު ގާއިމްކޮށްފިއެވެ.

އުރީދޫގެ މި ޑިޖިޓަލް ސެންޓަރު އިފްތިތާހު ކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗެއާމަން، ޑޭމިއަން ފިލިޕް ޗަޕެލް އަދި އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ، ނަޖީބް ހާން އެވެ.
އުރީދޫއިން ބުނެފައިވަނީ މިސެންޓަރު މެދުވެރިކޮށް، ބިލަށް ފައިސާ ދައްކައި، ރީޗާޖްކޮށް، އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށާއި ބޭނުން ކޮންމެ ގަޑިއެއްގައި، އުރީދޫގެ ޕްރީޕެއިޑް ސިމްވެސް ގަނެވޭނެކަމަށެވެ.

މިރަސްމިއްޔާތުގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސިއީއޯ ނަޖީބް ހާން ވިދާޅުވީ، މިސެންޓަރުގެ ސަބަބުން އުރީދޫގެ ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.