ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ފާސްކޮށް އުރީދޫގެ ޑިރެކްޓަރަކަށް ފަރީހާ ހޮވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ފާސްކޮށް އުރީދޫގެ ޑިރެކްޓަރަކަށް ފަރީހާ ހޮވައިފި

އުރީދޫ މޯލްޑިވްސްގެ ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ފާސްކޮށް އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރަކަށް ފަރީހާ ޝަރީފު ހޮވައިފިއެވެ.

 އުރީދޫގެ ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ފާސްކޮށްފައިވަނީ އެ ކުންފުނިން މިރޭ މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އަހަރީ އާންމު ޖަލްސާގަ އެވެ. މިދިޔަ އަހަރު ބަހާފައި ވަނީ ހިއްސާއަކަށް 3.22ރ. އެވެ.

އުރީދޫގެ މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 588.6 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.

އުރީދޫގެ އާއްމު ޑިރެކްޓަރުން ތަމްސީލް ކުރާ ހިއްސާދާރުގެ މަގާމަށް ފަރީހާ ޝަރީފު ހޮވައިފައިވާއިރު އެމަގާމަށް ހަތަރު ބޭފުޅަކު ވާދަ ކުރައްވާފައިވެއެވެ.

މިއަދު އޮންލައިން