އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ. ޖަލްސާ ބޭއްވީ 2 މާރިޗު 2020 ވީ ހޯމަ ދުވަހުގެ ރޭ ކުރުނބާ މޯލްޑިވްސް ގެ ކޮންވެންޝަން ހޯލުގައި ވަނީ ބާއްވާފައެވެ. އެވެ.
1314 ހިއްސާދާރުންގެ ބައިވެރިވުމާއި އެކު ޖަލްސާ ކުރިއަށްގޮސްފައިވާއިރު، އޭގެ ތެރެއިން 195 ހިއްސާދާރުން ކުރުނބާ މޯލްޑިވްސްގެ ކޮންވެންޝަން ހޯލަށް ހާޒިރުވެ، ޖަލްސާގައި ބައިވެރިވިއެވެ. ޕްރޮކްސީ ހުށަހަޅައިގެން ބައިވެރިވެފައިވާ 1119 ހިއްސާދާރުންގެ ބަދަލުގައި ވަޑައިގަތް ބޭފުޅުންނާއި އެކު ޖުމްލަ ބައިވެރިންގެ އަދަދަކީ 299 ބޭފުޅުންނެވެ. ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްފައި ވަނީ، 137،013،618 (ސަތޭކަ ތިރީސް ހަތް ހާސް މިލިއަން، ތޭރަ ހާސް ހަ ސަތޭކަ އަށާރަ) ހިއްސާއެވެ. މި ހިއްސާ ރަމްޒުކޮށްދެނީ ކުންފުނިން ވިއްކާފައިވާ ޖުމްލަ ހިއްސާގެ %92.7 އެވެ.
ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްފައި ވަނީ، 137،013،618 (ސަތޭކަ ތިރީސް ހަތް ހާސް މިލިއަން، ތޭރަ ހާސް ހަ ސަތޭކަ އަށާރަ) ހިއްސާއެވެ. މި ހިއްސާ ރަމްޒުކޮށްދެނީ ކުންފުނިން ވިއްކާފައިވާ ޖުމްލަ ހިއްސާގެ %92.7 އެވެ.
އުރީދޫ މޯލްޑިވްސް އިން އާންމުކޮށްފައިވާ އަހަރީ އާންމު ޖަލްސާގެ އެޖެންޑާކުރެވިފައިވާ ހިއްސާދާރުން ފާސްކޮށްފައިވާ އެޖެންޑާ އައިޓަމްތަކުގެ ތެރޭގައި 2019 ވަނަ އަހަރު ބާއްވާފައިވާ އާންމު ޖަލްސާ (3 މާރިޗު 2019 ވީ އާދިއްތަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާ އާއި 16 ޑިސެންބަރު 2019 ވީ ހޯމަ ދުވަހު ހާއްސަގޮތުން ކުރާ އާންމު ޖަލްސާ) ގެ ޔައުމިއްޔާ ފާސްކުރުމާއި، 2019 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، 2020 ވަނަ އަހަރަށް އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓަރހައުސްކޫޕަރސް އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ފާސްކުރުން ހިމެނެއެވެ. މީގެ އިތުރުން 2019 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.20 ރުފިޔާ ބެހުމަށް ހިއްސާދާރުންވަނީ ފާސްކޮށްފައެވެ. މިއީ ކުންފުނިން ހިއްސާ ވިއްކުމަށް ހުޅުވާލިއިރު (އިނިޝިއަލް ޕަބްލިކް އޮފަރިންގ) ހިއްސާއެއް ވިއްކާފައިވާ 30 ރުފިޔާ އާ ބަލާއިރު %11 ގެ ޑިވިޑެންޑް ޔީލްޑެކެވެ. އަދި އަހަރަކަށްފަހު އަހަރެއް ޑިވިޑެންޑްގެ ގޮތުގައި ދީފައިވާ މިންވަރު އިތުރުވެފައިވާކަން ވަރަށް އުފަލާއެކު ފާހަގަކުރަމެވެ. މިގޮތުން 2017 ވަނަ އަހަރު ޑިވިޑެންޑް ޔީލްޑްގެ ގޮތުގައި %10.6 ދީފައިވާއިރު 2018 ވަނަ އަހަރަށް %10.7 ގެ ޑިވިޑެންޑް ޔީލްޑެއް ހިއްސާދާރުންނަށް ވަނީ ފޯރުކޮށްދެވިފައެވެ.
ރޭ ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގައި އުރީދޫ މޯލްޑިވްސްގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ބޯޑު ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ވަނީ އިލެކްޓްރޯނިކް ވޯޓިންގ މެދުވެރިކޮށް ވޯޓުލާފައެވެ. އާންމު ހިއްސާދާރުން ވޯޓުލުމަށްފަހު، އެ ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރެއްގެ ގޮތުގައި ހޮވިފައިވަނީ އަލްފާޟިލާ ފަރީޙާ ޝަރީފެވެ. ކުންފުނީގެ ބޯޑަށް އިންތިޚާބުކުރެވުމާ ގުޅިގެން އުރީދޫ މޯލްޑިވްސްގެ ފަރާތުން ފަރީޙާ ޝަރީފަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވެމެވެ. މި ފުރުޞަތުގައި ވޭތުވެ ދިޔަ ދެ އަހަރު އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ކުންފުނީގެ ބޯޑު ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލްފާޟިލް އަޙްމަދު ޒުހޫރު ކުންފުނަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތައް ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލައިޒޭޝަންގެ ގޮތުން އިތުރު އުސްމިންތަކަށް ވާޞިލުވުމަށާއި، ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، ރޭ ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އަހަރީ ރިޕޯޓު ހިއްސާދާރުންނަށް ފޯރުކޮށްދެވިފައިވަނީ ޑިޖިޓަލްކޮށްކަން ފާހަގަކޮށްލަމެވެ.
އުރީދޫ މޯލްޑިވްސް އިން ރޭގައި ބާއްވާފައިވާ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ހިއްސާދާރުން ބައިވެރިވެ، ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ހުރިހާ ހިއްޞާ ދާރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއެވެ. އަދި އެކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ހިއްސާދާރުންގެ ލާބައާއި މަންފާއަށް ކަމަށާއި، ހިއްސާދާރުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަން ކުންފުނިން ދެއެވެ.
|