މާފުށީ ކައުންސިލުގެ އަޣްލަބިއްޔަތު އެމްޑީޕީއަށް ގެއްލިއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މާފުށީ ކައުންސިލުގެ އަޣްލަބިއްޔަތު އެމްޑީޕީއަށް ގެއްލިއްޖެ!

އެމްޑީޕީގެ ޓިކެޓް ނުލިބުމުން އަމިއްލަގޮތުން ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ މެންބަރުން ޕާޓީން ވަކިކުރަން ނިންމައި މިހާރު ވަކިކޮށްފައިވާތީ މާފުށީ ކައުންސިލުގެ އަޣްލަބިއްޔަތު މިހާރުވަނީ އެމްޑީޕީއަށް ގެއްލިފައެވެ.

މާފުށީ ކައުންސިލުގެ ރައީސް އާއި ނައިބް ރައީސަކީވެސް މިފަހަރުގެ ޕްރައިމަރީގައި އެމްޑީޕީގެ ޓިކެޓް ލިބިވަޑައިނުގަތުމުން އަމިއްލަ ގޮތުން ވާދަކުރައްވާ 2 ކެންޑިޑޭޓުންނެވެ.

ކައުންސިލުގެ ރައީސް ޢުޘްމާން ރަޝީދު ވިދާޅުވީ ޕާޓީން މިހާރުން މިހާރަށް ވަކިކުރި ނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. އަދި މާތް ﷲ ވާގިފުޅާއިއެކު ގޮނޑިވެސް ކާމިޔާބުކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީން އިއްޔެ ނިންމާފައިވަނީ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ޓިކެޓް ނުލިބުނު މެންބަރަކު ކައުންސިލް އިންތިޚާބުގައި ވާދަކުރާނަމަ އެ މެންބަރަކު ޕާޓީން ވަކިކުރުމަށެވެ. މާފުށީ ޕްރައިމަރީގައި ވަނީ އެމްޑީޕީގެ މެންބަރުންގެ އިތުރުން އެހެން ޕާޓީތަކުގެ މެންބަރުންވެސް ވޯޓުދީފައެވެ.

އެމްޑީޕީގެ ސެކެޓްރިއޭޓުން ވަނީ އެކަން ޤަބޫލުވެސް ކޮށްފައެވެ. ނަމަވެސް އެކަންކަން އިޞްލާޙްކުރާނެ ކަމަށް ބުނެފައިވަނީ ކައުންސިލް އިންތިޚާބުގެ ފަހުންނެވެ. އެހެންކަމުން މާފުށީގެ އެމްޑީޕީ ޓިކެޓް ދީފައިވަނީ ޕާޓީގެ ޤަވާއިދުތަކާއި ޚިލާފަށެވެ. އަދި އެކަން އިޞްލާޙްނުކޮށް ދަމަހައްޓާފައިވަނީވެސް އިންޞާފުން ބޭރުން އަދި ޑިމޮކްރަސީގެ ހަމަތަކާއިވެސް ޚިލާފަށެވެ.

ރައްޔިތުންނަށް އިންޞާފު ހޯދައިދީ ޝަރުޢީ ނިޒާމު އިޞްލާޙްކުރާނެ ކަމަށް ބުނާ ބައެއްގެ ތެރެއިން އެމީހުންގެ އަމިއްލަ ކަންކަމުގައި މިފަދަ ބޭއިންޞާފު ފެނިގެން ދިއުމަކީ އެއްވެސް ކަމެއް އިޞްލާޙްކުރުމުގެ ޙަޤީޤީ ނިޔަތް އެބައެއްގެ ކިބައިގައި އޮތްކަމާއިމެދު ގިނަބައަކު ސުވާލު އުފައްދާ ކަމެކެވެ.

މިއަދު އޮންލައިން