ގޭގެ ސިޓިންގ ރޫމް ކަންމަތީ ފިހާރައަކަށް ހަދަން ޖެހޭ ޙާލަތަކަށް ނުދޭ! ބޭނުންވާ ވަރަށް ތަކެތި ގަނޭ!: އެސްޓީއޯ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ގޭގެ ސިޓިންގ ރޫމް ކަންމަތީ ފިހާރައަކަށް ހަދަން ޖެހޭ ޙާލަތަކަށް ނުދޭ! ބޭނުންވާ ވަރަށް ތަކެތި ގަނޭ!: އެސްޓީއޯ

ރާއްޖޭގައި ކާޑާއި އެހެންވެސް ތަކެއްޗަށް ދަތިވާ ޙާލަތަށް ނުދާ ކަމަށާއި ބޭނުންވާ ވަރަށް ތަކެތި ހުރުމުން ފުދޭނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން މިރޭ އެސްޓީއޯ އިން ބުނީ ގޭގެ ސިޓިންގ ރޫމް ކަންމަތީ ފިހާރައަކަށް ހަދަން ޖެހޭ ޙާލަތަކަށް ނުދާ ކަމަށާއި އެގޮތަށް އެކަން ނުކުރަން އެދޭ ކަމަށެވެ. ތަކެތި ގަންނަންވީ ޢާންމުކޮށްވެސް ގަންނަ ވަރަށް ކަމަށާއި ބޭނުން ނުވާވަރަށް ގަތުމުން ސްޓޮކް ބެލެހެއްޓުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށެވެ.

އެސްޓީއޯ އިން ބުނީ މާސްކް އަޅަންވީ ބަލިވީމަ ކަމަށާއި ޞިއްޙީ ސަބަބުތަކަށްޓަކައި މާސްކް އަޅަން ޖެހޭ މީހުންނަށް ދަތިނުވެ މާސްކް ފޯރުކޮށްދޭނެ ކަމަށެވެ.

"މުހިންމީ ގިނަގިނައިން އަތް ދޮވުން! އަތްދޮވެގެން ނޫނީ މޫނުގައި އަތްނުލުން! ގޭގައި މުހިންމީ ސެނެޓައިޒަރ ބޭނުންކުރުމެއް ނޫން. އަތްދޮންނަންވީ ސައިބޯނި ލައިގެން." ކަމަށްވެސް ބުނެފައިވެއެވެ.

އެސްޓީއޯ އިން ބުނީ ބޭސްވެސް އެބަހުރި ކަމަށާއި ދަތިކަމެއް ކުރިމަތިވާނީ ބޭސް އެކްސްޕޯޓްކުރާ ޤައުމުތަކުން ބޭސް ހުސްވެއްޖެ ނަމަ ކަމަށެވެ. "އެއް ޤައުމަކުން ނުލިބިއްޖެ ނަމަ އަނެއް ޤައުމަކުން ވެސް ގެނެވޭނެ އިންތިޒާމް ހަމަޖައްސާނަން!."

މިއަދު އޮންލައިން