އެސްޓީއޯ އިން ކާޑު ކޮންޓްރޯލެއް ނުކުރޭ! ފިހާރަތަކުން ކޮންޓްރޯލްކުރަނީ އެންމެންނަށް ފޯރުކޮށްދޭން!: ޢަމްރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އެސްޓީއޯ އިން ކާޑު ކޮންޓްރޯލެއް ނުކުރޭ! ފިހާރަތަކުން ކޮންޓްރޯލްކުރަނީ އެންމެންނަށް ފޯރުކޮށްދޭން!: ޢަމްރު

އެސްޓީއޯ އިން ކާޑު ކޮންޓްރޯލެއް ނުކުރާ ކަމަށާއި ކާޑުގެ ބާވަތްތައް ވިއްކާ ބައެއް ފިހާރަތަކުން ކޮންޓްރޯލްކުރަނީ އެންމެންނަށް ފޯރުކޮށްދޭން ކަމަށް ޤަބޫލުކުރައްވާ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ޢަމްރު ވިދާލުވެއްޖެއެވެ.

އަމްރު މިއަދު ވިދާޅުވީ ފިހާރަތަކުން އެދޭވަރަށް އެސްޓީއޯ އިން ކާޑު ދޫކުރަމުން ގެންދާ ކަމަށާއި އަދި ސަޕްލައިކޮށްދޭ ފަރާތްތަކުން ސަޕްލައިވެސް ކުރަމުން ގެންދާ ކަމަށެވެ. "ދެން އެވާގޮތަކީ އެކަކު ގޮސް ހުރިހާ ކާޑުކޮޅު ގަނެލީމާ އެހެން މީހުންނަށް ވިއްކާނެ އެއްޗެއް ނުހުންނާނެތީ ފިހާރަތަކުން ކޮންޓްރޯލް ކުރަނީ. އެއީ ވަރަށް ރަނގަޅަށް އެމީހުން ކުރާ ކަމެއް" ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

އަމްރު ރޭ ވެސް ވަނީ ކާޑުގެ ބާވަތްތައް ގިނައިން ގަނެ ސްޓޮކް ނުކުރުމަށް އިލްތިމާސްކުރައްވައިފައެވެ. "ގިނައިން ގަނެ ސްޓޮކް ކުރީމާ ފަހުން އެތެރެކުރާ ކާޑުގެ ސްތޮކަށްވެސް މައްސަލަތައް ކުރިމަތިވާނެ. ސްޓޮކް ކުރި ކާޑުގެ އަދަދެއް އެސްޓީއޯއަކަށް ނޭނގޭނެ. ދެން އެސްޓީއޯއަށް ފަހުން އެތެރެކުރާ ކާޑު ވިކުން ލަސްވެ ހަލާކުވާނީ. މިއީ ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް" ކަމަށް ވެސް ރޭ އަމްރު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން