ސައުދިއަރަބިޔާގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އެރުމުން ޤާތިފް ކަރަންޓީނުކޮށްފިއެވެ. ޢަލްޢަބިޔާ ނޫހުން ބުނެފައިވަނީ ޤާތިފް ކަރަންޓީނު އިތުރު 4 މީހަކު ޕޮޒިޓިވްވުމުން ކަމަށެވެ.
މިޞުރުން ވެސް މިއަދު ވަނީ މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. ޚަބަރުތައް ބުނާ ގޮތުން މިށުރުގައި ޕޮޒިޓިވްވެފައިވަނީ ޖަރުމަންވިލާތުގެ މީހެކެވެ. މިއީ މިޞުރުގައި ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.
ލެބަނަންގަ މިއަދު އިތުރު 4 މީހަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެ ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 32 އަށް އަރައިފައެވެ.
ޤަތަރުންވެސް އިތުރު 3 މީހަކު ޕޮޒިޓިވްވެ ޕޮޒިޓިވްވި މީހުންގެ ޢަދަދު މިހާރުވަނީ 15 އަށް އަރައިފައެވެ.