ކޮރޯނާ އާއި ގުޅިގެން އޭޑީކޭގައި ތިބި ބަލި މީހުނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ކޮރޯނާ އާއި ގުޅިގެން އޭޑީކޭގައި ތިބި ބަލި މީހުނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފި!

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އޭޑީކޭގައި ތިބި ބަލި މީހުނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިކަމާގުޅިގެން އޭޑީކޭ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައިސީޔޫގެ އިތުރުން ސީސީޔޫ އަދި އެޗްޑީޔޫގައި ތިބި ބަލި މީހުނަށް ޒިޔާރަތްކުރުން މިއަދުން ފެށިގެން ވަގުތީ ގޮތުން މެދުކަނޑާލާފައިވާކަމަށެވެ. އަދި ޕްރައިވެޓް ރޫމްތަކާއި ވޯޑުތަކުގައި އެޑްމިޓުކޮށްފައިވާ ބަލި މީހުންގެ ރައްކާތެރިކަމަށްޓަކައި، އެ މީހުންގެ ގާތު އެންމެ އެހީތެރިޔަކު ހުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އޭޑީކޭގައި ތިބި ބަލި މީހުނަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފައި ވާއިރު އައިޖީއެމްއެޗް އިން ވެސް އެޑްމިޓްކޮށްފައިތިބި ބަލި މީހުންނަށް އިއްޔެ އިން ފެށިގެން ޒިޔާރާތްނުކުރެވޭ ގޮތަށްވަނީ ހަމަޖައްސައިފަ އެވެ. 

 

 

މިއަދު އޮންލައިން