އަންނަ މަހު ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހުގައި ބާއްވަން ޖެހޭ ކަމަށް އެމްޑިޕީގެ ގެ ގިނަ މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާޙަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާޝަންގެ މަގާމުގައި ވެސް ހުންނެވި ހަސަން ލަތީފް ވިދާޅުވީ ޑަބްލިއުއެޗްއޯގެ މިންގަޑާއި އެއްގޮތަށް ކަން ކުރުމުން އެ ބިރުވެރިކަމެއް ނޯންނާނެ ކަމަށާއި މިސާލަކަށް ތިން ފޫޓު ތިން ފޫޓު ދުރުމިނުގައި މީހުން ތިބެ ވޯޓުލެވޭ ގޮތައް ވޯޓު ފޮށިތަކާއި އެކަންކަން އިންތިޒާމް ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ އަދި ކޮންމެ ވޯޓު ފޮއްޓެއް ކައިރީގައި ސެނިޓެއިޒާ ބެހެއްޓުމާއި އެތައް ބައިވަރުކަމެއް އިލެކްޝަން ކޮމިޝަނުން މިހާރު ވެސް ވިސްނަވަމުން ގެންދަވާނެ،ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަނީ އިންތިހާބު ބާއްވަން އޮންނަ ތާރީހުގައި އިންތިހާބު ބޭއްވުމަށް ކަމަށާއި ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބު ވެސް އެ ތާރީހުގައި ބޭއްވުމަށް ކުރަން ކުރި ހުރިހާ ކަމެއް ކުރުމަށް އާޒިމް ވިދާޅުވިއެވެ.
މިކަމާގުޅިގެން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވީ ސިއްހަތު ރައްކާތެރިކޮށްދިނުމަކީ ގާނޫނު ބުނާ ގޮތުން ސީދާ ކައުންސިލްތަކުގެ މަސްއޫލިއްޔަތެއް ކަމަށާއި ރޯގާއިން އަރައިގަތުމަށް ކުރަން އޮތް މަސައްކަތެއް ފުރަތަމަ ދަރަޖައިގައި ކުރަން އޮތީ ކައުންސިލަރުން ކަމަށެވެ. އިންތިހާބު މިހާރު އޮތް ތާރީހުގައި ކުރިއަށް ގެންދާއިރު ސަލާމަތީ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އަޅާނެ ކަން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ފޮށި އިތުރު ކޮށްގެން ނުވަނަ ތިން ފޫޓުން ތިން ފޫޓުން ދުރުގައި ތިބޭ ގޮތައް ހަދައިގެން ނަމަވެސް މެންބަރުންނަށް ފެނިވަޑައިގަންނަވަނީ، އިންތިހާބު ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ.