ސްކޫލްތައް މިވަގުތު ބަންދުކުރުން ބުއްދިވެރިކަމަށް މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު ޢަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.
ޑރ. ޢަބްދުﷲ ނިޔާފް މިމޭރުމުން ވިދާޅުވީ "ސްކޫލް ޗުއްޓީ އައް އެކި ރަށް/ޤުއުމު ތަކަށް ދިއަ ފަރާތްތައް އެނބުރި ރާއްޖެ އަންނަން ގާތްވެއްޖެ. ސްކޫލްތައް ހުޅުވުން ރައްކާތެރިތޯ؟ ހާއްސަކޮށް މިބަލި ފެނުނު ޤައުމު ތަކަަށް ޗުއްޓީއަށް ގޮސް މިއަދު ޗުއްޓީ ނިންމާފަ އެނބުރި ޤައުމަށް އައިސަފަ މާދަމާ ސްކޫލައް ފޮނުވީމަ ވާނީކިހިނެއް؟" ކަމާއިމެދު އަޙްމަދު ސޮފްވާން ޓްވިޓަރ މެދުވެރިކޮށް ޑޮކްޓަރާއި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޑރ. ނިޔާފް ވަނީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން ކިޔަވައިދިނުމުގެ ބަދަލުގައި އޮންލައިންކޮށް (ޚާއްޞަކޮށް މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް) ކިޔަވައިދިނުމުގެ މުހިންމުކަންވެސް ފާހަގަކުރައްވައިފައެވެ.
It would be wise to close.
— Abdulla Niyaf (@niyaf) March 10, 2020
And find if appropriate means to teach via online platforms is an option. Especially advanced grades and colleges.