އިޓަލީ "ގޯސްޓް ޓައުން"އަކަށް!: އެންމެން މަގުތަކުން ފިލައި ފުރޭތަތަކަށް މަގުތައް ދޫކޮށްލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
އިޓަލީ "ގޯސްޓް ޓައުން"އަކަށް!: އެންމެން މަގުތަކުން ފިލައި ފުރޭތަތަކަށް މަގުތައް ދޫކޮށްލައިފި!

ފެންނަން ހުރި ތާރީޚީ ވާހަކަތަކުންވެސް އެނގެނީ ޖިންނިފުރޭތަފެނުމުން މީހުން ބިރުން ފިލާކަމެވެ. ނަމަވެސް ޚަބަރުގައިވާ ވީޑިއޯ އިން ތިއަ ފެނިވަޑައިގަންނަވަނީ އެއްވެސް އިންސާނެއްގެ ހަމަ ލޮލަށް ނުފެންނަ ވަރުގެ ކުޑަކުޑަ ކޮރޯނާ ވައިރަސް ކިޔާ ޖަރާސީމެއްދެކެ ބިރުން މުޅި އިޓަލީ ފަޅުވެފައިވާތަނެވެ. ގެތަކަށްވަދެ ފިލާފައިވާ ތަނެވެ. 

ޚަބަރުގައިވާ ވީޑިއޯއިން ތިއަ ފެނިޑައިގަންނަވަނީ އިޓަލީގެ ރޮވިގޯ ސިޓީގެ އެންމެ މައި ސރަހައްދުގެ މަގުތަކެވެ. އަބަދު ފުރިބާރުވެފައި އޮންނަ މަގުތަކެވެ. މީހުންނާއި ދުއްވާ އެއްޗެތިން ސަލާމަތް ނުވެވިގެން އުޅެން ޖެހޭ ސަރަހައްދެވެ. މިއަދު އެ އެންމެން ކޮބައި ހެއްޔެވެ؟ 

މިވީޑިއޯ އަކީ ހަމަ ދިވެއްސަކު ނަންނަގަވައި ޙިއްޞާކުރެއްވި ވީޑިއޯއެކެވެ. އޭނާ އެ ސަރަހައްދަށް ދެއްވި ނަމަކީ "ގޯސްޓް ޓައުންއެވެ." މާނައަކި މަގުތަކުނަ އިންސާނުން ފިލައި ޖިންނި ފުރާތައިންނަށް އުޅެން ދޫކޮށްލެވިފައިވާ ކަމެވެ.

ވިސްނައިލަންވީ ހަމަ އެންމެ ކަމެކެވެ. އެއީ ތިމާމެން ހެއްދެވި ފަރާތަކީ ﷲ ތަޢާލާކަން ޤަބޫލު ނުކުރާ މީހުން، އެމީހުން އުފެދުނީ އެމީހުން އަމިއްލައަށް ކަމަށް ދެކޭ މީހުން މިއަދު އިތުރަށް ވިސްނަން ވެއްޖެ ކަމެވެ. ކުރިމަތިވެގެން މިއުޅެނީ ހަމަހަމަ ކުޑަކުޑަ، ކުޑަކަމުން ލޮލަށްވެސް ނުފެންނަ ވައިރަސްއެކެވެ. އެއިން ސަލާމަތް ނުވެވިގެން މުޅި ދުނިޔެ ތެޅިފޮޅެމުންދާއިރު ޤިޔާމަތް ދުވަހު ކަންކަން މެދުވެރިވާނެ ގޮތަށެވެ.  

- "ގޯސްޓް ޓައުން"ގެ ވީޑިއޯ ބައްލަވާލައްވާ!:

 

 

މިއަދު އޮންލައިން