ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ އަނބިކަނބަލުން ސޯފީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެއްޖެ ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ބުނެފައިވަނީ އަނބިކަނބަލުން ޕޮޒިޓިވްވި ނަމަވެސް ބޮޑުވަޒީރުގެ ޙާލުކޮޅު ރަނގަޅުކަމަށާއި ބަލީގެ އެއްވެސް ޢަލާމާތެއް އަދި ނުފެންނަ ކަމަށެވެ. އެހެންކަމުން ގެކޮޅުގައި ހުންނަވައިގެން މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނެ ކަމަށެވެ.
ސޯފީގެ ކިބައިން ޢަލާމާތްތައް ފެންނަން ފެށީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކަށްފަހުއެވެ. ޢަލާމާތްތައް ފެންނަން ފެށުމުން ދެކަނބަލުން އަމިއްލަފުޅަށް އިއްޔެ ވަނީ ކަރަންޓީނުވެވަޑައިގެންފައެވެ.
ބޮޑުވަޒީރު ޓްރޫޑޯއަކީ މުސްލިމުންނާއި ދެކޮޅަށް ކުރިން ވަރަށް ހަރުކަށި ބަސްފުޅުތައް ވިދާޅުވި ބޭފުޅެއް ނަމަވެސް ފަހުން ވަނީ އެކަންކަމަސް ބޮޑެތި ބަދަލުތަކެއް ގެންނަވާފައިކަން ގިނަބައަކު ފާހަގަކުރެއެވެ.