ޖަލުގެ ގޮޅިއަކުން ޤައިދީން ނެރެ އަނިޔާކުރަމުން ގެންދާކަމަށް ބުނެ ބެލެނިވެރިން ކަންބޮޑުވުން ފައުޅުކުރަމުން އެބަގެންދެއެވެ.
"އަޅުގަނޑަކީ ގުޅީގައި ހުރި ---ގެ މަންމަ! އަޅުގަނޑު މިހާރު މިގެންދަނީ ހުރިހާ ފަރާތެއްގެ ސަމާލުކަމަށް ގެންނަން މަސައްކަތްކުރަމުން." ކަމަށް މައުޅޫމާތު ދިން މީހާ ބުނެފައިވެއެވެ.
މިއަދުނޫހަށް މައުލޫމާތު ދިން މަންމައަކު ބުނީ ޤައިދީން ގޮޅިން ނެރުނީ ޢާއިލީ ބައްދަލުވުންތައް މެދުކަނޑާލުމުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރުމުން ކަމަށެވެ. މިކަމުގައި ކަރެކްޝަންސްގެ ބަހެއް ހޯދަން ގުޅުމުން މީޑިއާ އޮފިޝަލް ފޯނު ނުނަންގަވާތީ ގުޅޭ ގޮތް ވަނީ ނުވެފައެވެ.
ޢާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން އަޅާ ރައްކައުތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.