ރަތަފަންދޫ ފުޓްބޯޅަ ދަނޑުގައި ރޯކޮށްލައިފި!

ކިޔުމަށް ހޭދަވާނީ 28ސ
ރަތަފަންދޫ ފުޓްބޯޅަ ދަނޑުގައި ރޯކޮށްލައިފި!

ގދ. ރަތަފަންދޫ ފުޓްބޯޅަ ދަނޑުގައި ބަޔަކު ރޯކޮށްލި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިރޭ 19:35 ހާއިރު ކަމަށާއި ފުލުހުންނާއި ރައްޔިތުން ނިކުމެ ކުރި މަސައްކަތުން 20:00 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

މި ދަނޑަކީ ގުދުރަތީ ވިނަ ދަނޑެއް ކަމަށާއި ރޯކޮށްލާފައިވަނީ ވިނަތަކުގަ އާއި ކުދި ގަސްތަކުގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

މިއަދު އޮންލައިން