ކޮރޯނާ ވައިރަހާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ގޭގައި ފަރުވާ ހޯދޭނެ އޮންލައިން ފްލޫ ކްލިނިކުގެ ހިދުމަތް ތައާރަފްކޮށްފިއެވެ.
ކޮރޯނާ ވައިރަސް މިހާރު ރާއްޖޭންވެސް ފެނިފައިވާއިރު، ސިއްހީ އިދާރާތަކުންވެސް ހޮސްޕިޓަލުތަކަށް ނުދިޔުމަށް އިލްތިމާސް ކުރަމުންދާ ދަނޑިވަޅެއްގައި އޭޑީކޭ އިން މިއަދުން ފެށިގެން އޮންލައިން ފްލޫ ކްލިނިކްގެ ހިދުމަތަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 8:00 ގެ ނިޔަލަށް 3313553 ނަންބަރަށް ގުޅުއްވައި އެޕޮއިންޓަމަންޓް ހެއްދޭނެކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުންނެފައެވެ.
އޮންލައިން ފްލޫ ކްލިނިކުގެ ހިދުމަތަށް އެޕޮއިންޓަމަންޓް ހެއްދުމުން، ކިޔު ތަރުތީބާ އެއްގޮތަށް އޮންލައިން ކްލިނިކުގެ ޑޮކްޓަރެއް ގުޅުއްވައި، ބަލީގެ ތަފްސީލުތައް ހޯދައި މައުލޫމާތު ފޯރުކޮށްދޭއިރު ގޭގައި ހުރެގެން ބޭސްކުރުމާއި، ރައްކާތެރި ބޭސް ބޭނުންކުރާނެ ގޮތުގެ މައުލޫމާތާއި ބޭސް ސިޓީ ވެސް ފޯރުކޮށްދެވޭނެކަމަށް ވެސް އޭޑީކޭ އިން ވަނީބުނެފައެވެ.
Stay at home if you have Flu symptoms (Fever, Cough, etc).
— Abdulla Niyaf (@niyaf) March 13, 2020
DO NOT come to hospital.
Call us at 3313553 and ask for an online consultation.
Our medical team will reach you via video call on SM (Viber, Skype). #StayHome #GoOnline #ConsultFromHome #SocialDistancing @HPA_MV https://t.co/lyC5UdAFzU