އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިިލް އިންތިހާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ހައިކޯޓަށް ހުށަހަޅައިފި އެވެ.
އީސީ އިން މިމައްސަލަ ހައިކޯޓަށް ހުށަހެޅީ ދުސްތޫރީ މައްސަލައެއް ގެ ގޮތުގައެވެ.
އީސީ އިން ހައިކޯޓުގައި އެދިފައިވާނީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އާ ގުޅިގެން ގައުމު އޮތް ހާލަތު ރަނގަޅުވެ، އާންމު ހާލަތަކަށް ރުޖޫއަވެއްޖެކަން ސަރުކާރުން ހާމަކުރުމުން އިންތިހާބު ބޭއްވުމުގެ އަމުރެއް ނެރެދިނުމަށާއި އޭގެ ފަހުން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ދިނުމެވެ.
ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު އިންތިހާބު ބޭއްވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.