ޚަބަރުގައިވާ ވީޑިއޯ ދަރުސްގައި ޝައިޚް އާދަމް ނިޝާން ދަރުސް ދެއްވާފައިވަނީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮރޯނާ ވައިރަސްގެ ޙާލަތުގައި މީސްތަކުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި ޙާޞިލުކުރަންވީ ޢިބްރަތުގެ މައްޗަށެވެ. އަދި ކުރަންވީ ބައެއް ދުޢާތައް ވެސް ވަނީ ބަޔާން ކުރައްވަވައިފައެވެ.
މިދަރުސް މިގެނެސްދެނީ މިސްކިތްތަކުގައި ދަރުސް ދިނުން މިވަގުތު މަނާކޮށްފައިވާތީ މިއަދުނޫހާއި އަލްކައުން ގުޅިގެން ފާއިތުވި 5 އަހަރެއްހައި ދުވަހު ދެމުން އައި ދަރުސް ސީރީޒް މިއަދު ކުރިއަށް ނުގެންދެވުނު ނަމަވެސް ދިވެހި ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަތިވެރި ނިޔަތުގައި ކުރަމުން އަންނަ މަސައްކަތުގެ ސިލްސިލާގެ ބޮޅެއްގެ ގޮތުގައެވެ.
ދަރުސްގެ ވީޑިއޯ: