ކޮރޯނާ ވައިރަސް ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން 2 މީހުންނަށްވުރެ ގިނަ މީހުން ޢާންމުތަންތަނުގައި ބައްދަލުވުން މަނާކޮށްފިއެވެ. އިސްތިސްނާކޮށްފައިވަނީ ހަމައެކަނި އެކުގައި މަސައްކަތްކުރާތީ ބައްދަލުކުރަން ޖެހޭ މީހުންނާއި އެއްގެއެއްގައި ދިރިއުޅޭ މީހުންނެވެ.
ޗާންސެލަރ އެންޖެލާ މަކެލް ވިދާޅުވެފައިވަނީ މި އަމުރު 14 ދުވަހަށް ކުރިއަށް ގެންދަވާނެ ކަމަށާއި ކޮރޯނާ ވައިރަސް ފެތުރެން މެދުވެރިވާ އެއް ސަބަބަކީ އިޖުތިމާޢީ ބައްދަލުވުންތައް ކަމަށެވެ.
ޖަރުމަނުގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25000 އާއި ގާތްކުރާއިރު 92 މީހުން ވަނީ މަރުވެފައެވެ.