އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަކްރަމް އައްޔަންކޮށްފި!

ކިޔުމަށް ހޭދަވާނީ 55ސ
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް އަކްރަމް އައްޔަންކޮށްފި!

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ފަރީދީނޫރު އަޙްމަދު އަކްރަމް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޢައްޔަން ކުރައްވައިފިއެވެ.

އަޙްމަދު އަކްރަމް މި މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އަޙްމަދު އަކްރަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މަޙާޒު ޢަލީ ޒާހިރެވެ.

އަޙްމަދު އަކްރަމް މީގެ ކުރިން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމާއި ނައިބު ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ. އަދި އަކްރަމް ވަނީ އެ ކޮމިޝަނުގެ ސްޕޯކްސްޕަރސަންގެ މަޤާމުވެސް ފުރުއްވާފައެވެ.

އަޙްމަދު އަކްރަމަކީ ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ބްރިޓިޝް ސްކޫލް އޮފް ކޮމަރސްއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

މިއަދު އޮންލައިން