މައްކާ އާއި މަދީނާ ހަރަމްފުޅުގެ ދޫލަ ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މައްކާ އާއި މަދީނާ ހަރަމްފުޅުގެ ދޫލަ ނަގައިފި

މައްކާގެ ހަރަމްފުޅާއި މަދީނާގައި ހުރި މަސްޖިދުއްނަބަވީގެ ދޫލަތައް ނަގައިފިއެވެ. ދޫލަތައް ނެގީ ޙަރަމްފުޅުގެ އެތެރެ ސާފުކޮށް ބާއްވަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. 

މިހާރު ނަމާދުކުރަނީ 2 ޙަރަމްފުޅުގެ ވެސް އެތެރޭގައެވެ. ދުވާލަކު އެތައް ފަހަރަކު ގެންދަނީ ޑިސްއިންފެކްޓް ކުރަމުންނެވެ. 

ކޮންމެ ދޫލައެއް ނެގުމަށްފަހުވެސް އެ ސަރަހައްދު ގެންދިއައީ ވަރަށް ބޮޑަށް ސާފުކުރަމުންނެވެ. އެ މަސައްކަތްކުރީ ޙަރަމްފުޅުގެ ޙުރުމަތަށް ބަހައްޓަންޖެހޭ ލޯތްބާއި ޤަދަރު ބަހައްޓައިގެންވެ. މަސައްކަތްކޮށްފައިވަނީ ކަމާއި ބެހޭ ޑިޕާޓްމަންޓްތަކެއް ގުޅިގެން ވަރަށް ފުރިހަމައަށެވެ. ޑިޕާޓްމަންޓްތަކުގެ އިސްވެރިންވެސް ތިއްބަވައިގެންނެވެ. 

ރާއްޖޭގައި މިސްކިތްތަކުން ދޫލަނަގަން ފުރުޞަތު ލިބުމުން ބެލީ އަވަސްއަވަހަށް ދޫލަ ގެންދެވޭތޯއެވެ! ސާފުތާހިރުކުރަން ޖެހުނީ ފަތިސް ނަމާދަށް މިސްކިތަށް ދިއަ މީހުންނަށެވެ.

މިއަދު އޮންލައިން