އެކުޑަކުޑަ ވައިރަސް ސްޕޭން ސައިޒުކޮށްލީމާ ފަސްސަތޭކަ އަހަރުފަހުން ތާޅަފިލިން ބަންގީގެ އަޑު އިއްވަން ފެށުމުން ހީވީ "ޤިޔާމަތްވީހެން!" ސުބްހާނަﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އެކުޑަކުޑަ ވައިރަސް ސްޕޭން ސައިޒުކޮށްލީމާ ފަސްސަތޭކަ އަހަރުފަހުން ތާޅަފިލިން ބަންގީގެ އަޑު އިއްވަން ފެށުމުން ހީވީ "ޤިޔާމަތްވީހެން!" ސުބްހާނަﷲ!

ދުނިޔެއިން މިހައިތަނަށް ފެނުނު އެންމެ ކުޑަކުޑަ ވައިރަސްކަމަށް ބެލެވޭ ކޮރޯނާ ވައިރަސް އެ ބޮޑު ސްޕޭން ސައިޒުކޮށްލީމާ 500 އަހަރުފަހުން މިސްކިތްތަކުގެ ތާލަފިލިން ބަންގިގޮވަން ހުއްދަ ދީފިއެވެ. ވީހައި ބާރަށް ބަންގި ގޮއްވަންވެސް ބޭނުންވެއްޖެއެވެ! ސުބްހާނަﷲ

މިސްކިތްތަކުގެ ތާޅަފިލިން ބަންގީގެ އަޑު އިވެން ފެށުމުން ފުރަތަމަ އެއަޑު ޤަބޫލެއްވެސް ނުކުރެވުނެވެ. ހީވީ ފާރުތައް ފަޅާލާފައި އަންނަ އަޑެއްހެންނެވެ. ނޫނީ މަތިން އަންނަ އަޑެއް ކަމަށެވެ. މުސްލިމުންނަށް ހީވީ "ޤިޔާމަތް" ވީހެންނެވެ.

1492 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ސްޕޭންގެ މިސްކިތްތަކުން ވަނީ ތާލފިލި ކަނޑައިލާފައެވެ. އަދި ފޯނުން ވެސް ބަންގީގެ އަޑު އެހުން ވަނީ މަނާކޮށްފައެވެ. އެކަން ވަނީ އަދަބުދޭ ބޮޑު ކުށަކަށް ހަދައިފައެވެ. ވީމާ މިސްކިތްތަކުގެ ތާލަފިލިން ސްޕޭންގައި ބަންގީގެ އަޑު ނުއިވޭތާ މިހާރު މިވަނީ 528 އަހަރުވެފައެވެ.

ދުނިޔެއިން މިހައިތަނަށް ފެނުނު އެންމެ ކުޑަކުޑަ ވައިރަސްކަމަށް ބެލެވޭ ކޮރޯނާ ވައިރަސް އެ ބޮޑު ސްޕޭން ސައިޒުކޮށްލީމާ މިހާރު ދުވަނީ ބަންގީގެ ފަހަތުންނެވެ! ކުރިއަށް އޮތްތަނުގައި މިފަދަ އެތައް ކަމެއް އަދި ފެނިގެންދާނެއެވެ!

ޓްވީޓްގައިވާ ވީޑިއޯ އަޑުއްސަވައިލައްވާށެވެ! 

 

ޔޫޓިޔުބް އަޑުއައްސަވައި ރިޕޯޓް ވިދާޅުވަން!

 

މިއަދު އޮންލައިން