އޭޑީކޭ ހޮސްޕިޓަލަށް ދާ މީހުން ވަނުމުގެ ކުރިން ހުމަށް ސްކޭންކުރަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އޭޑީކޭ ހޮސްޕިޓަލަށް ދާ މީހުން ވަނުމުގެ ކުރިން ހުމަށް ސްކޭންކުރަން ފަށައިފި

އޭޑީކޭ ހޮސްޕިޓަލަށް ދާ މީހުން ވަނުމުގެ ކުރިން ހުމަށް ސްކޭންކުރަން ފަށައިފިއެވެ. 

"ހޮސްޕިޓަލަށް ވަންނަންގޮސް ޕޯޓިކޯތެރެއަށް ވަންތަނާ ގާޑަކު ބުނީ ޗެކްކުރާށޭ! އަތުގަ ކޮތަޅެއް އޮތުމުން ފުރަތަމަ ހީކުރެވުނީ އެއުޅެނީ ކޮތަޅު ޗެކުކުރަން ކަމަށް. މަޑުކޮށްލިތަނާ ކުއްޖަކު ފޯނެއް (ގޮތަށް އޮތް އެއްޗެއް) މޫނަށް ދިއްކޮށްލި. ދެން އެބެލި އެއްޗެއް ބަލައިފަ ވަނުމުގެ ހުއްދަ ދިނީ. ދެވަނަ މީހަކު ސެނެޓައިޒަރ އަތަށް ސްޕްރޭވެސް ކޮށްދިން. ނުކުންނަމުން ތިއަ ސްކޭންކުރީ ހުން ހުރިތޯ ބަލަންތޯ ސުވާލުކުރުމުން ބުނީ އާނއެކޭ! ހީނލާފަ ބުނިން ގިނަގިނައިން އަންނާނަމޭ ސްކޭންކޮށްދެންޏާ!" ސްކޭން ކުރެވުނު މީހަކު ކިޔައިދިނެވެ. 

ޞިއްހީ ގޮތުން މިފަދަ ބިރުވެރިކަމެއް އޮތް ވަގުތަކު އެންމެ ޒަމާނީ ވަސީލަތް ބޭނުންކޮށްގެން މިފަދަ ޚިދުމަތެއް ދިނުމަކީ ރައްކައުތެރިކަމުގެ ގޮތުން މުހިންމު ޚިދުމަތެއްކަން ފާހަގަކުރެވުނެވެ. 

ވަރަށް ބޮޑަށް ޝުކުރިއްޔާ ނާޝިދު! ޝުކުރިއްޔާ އޭޑީކޭ!

މިއަދު އޮންލައިން