ޕްރިންސް ޗާލްސް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެ!

ކިޔުމަށް ހޭދަވާނީ 1މ 12ސ
ޕްރިންސް ޗާލްސް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެއްޖެ!

އިނގިރޭސިވިލާތުގެ ޝާހީ އަމީރު ޕްރިންސް ޗާލްސް، ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި، ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޓެސްޓުކުރީ މިބަލީގެ އަލާމާތްތަކެއް އެމަނިކުފާނުގެ ގައިން ފެންނަން ފެށުމުންނެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިވަގުތު ޕްރިންސް ޗާލްސް ހުންނެވީ ސްކޮޓްލޭންޑްގައި އެކަހެރި ކޮށްފައެވެ. 

ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން، އެމަނިކުފާނުގެ އަނބިކަނބަލުން ވެސް މިބައްޔަށް ޓެސްޓު ކުރެވިފައެވެ. ނަމަވެސް އެކަމަނާ މިބައްޔަށް ނެގަޓިވްކަމަށް ޓެސްޓުގެ ނަތީޖާއިން ދައްކާފައިވެއެވެ.

ޕްރިންސް ޗާލްސް އަށް މިބަލި ޖެހުނީ ކިހިނެއްކަން ހޯދުމުގެ މަސައްކަތް މިހާރު އިނގިރޭސިވިލާތާއި ސްކޮޓްލޭންޑުގެ ކަމާއިބެެހޭ ފަރާތްތަކުން ކުރަމުން ގެންދާއިރު، ފާއިތުވީ ދުވަސްތަކުގައި އެމަނިކުފާނު ބައްދަލުކޮށްފައިވަނީ މަދު ބަޔަކާއިކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ. 

މީގެއިތުރުން މިމަހުގެ 12 ވަނަ ދުވަހު، ޕްރިންސް ޗާލްސްއާއި ރާނީ އެލިޒަބެތު ބައްދަލުވެފައިވާތީ، އެއިރު ޕްރިންސް ޗާލްސް އަށް މިބަލި ޖެހިފައިވާނެ ކަމާއިމެދު ޝައްކު އުފެދޭ ކަމަށް ވެސް ރިޕޯޓު ތަކުން ބުނެފައިވެއެެވެ.

ރާނީއަށްފަހު ޝާހީ ތަހުތުކޮޅަށް ވެރިވަޑައިގަންނަވާނެ ޕްރިންސް ޗާލްސްގެ އުމުރުފުޅަކީ 71 އަހަރެވެ. 

މިއަދު އޮންލައިން