މިދުވަސކޮޅު ފިޔާ އާއި އަލުއްވާއި ބިހުގެ އަގު ބާޒާރުގައި ބޮޑުވުމާއި ގުޅިގެން އެސްޓީއޯއިން މި ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށް އަގުހެޔޮކޮށް ވިއްކަންފަށައިފިއެވެ.
ބާޒާރުގައި ފިޔާ އަދި އަލުވި ކިލޯއެއް ހުރީ 25ރ. އާއި 30ރ. އަށެވެ. އަދި ބިހެއްގެ އަގު ވަނީ 2:30 އަށްވުރެ މަތިވެފައެވެ. މިކަމާގުޅިގެން އެސްޓީއޯއިން ވަނީ ފިޔާ އާއި އަލުވި ކިލޯއެއް 12ރ. އަށް ވިއްކަން ފަށާފައެވެ. އަދި ބިހެއް ވިއްކަނީ 1.30ރ. އަށެވެ.
އެސްޓީއޯއިން ބުނެފައިވަނީ ކޮންމެ މީހަކަށް ވެސް ބިސް ޓްރޭ އަކާއި ފިޔާ އަދި އަލުވި ކިލޯއެއް ލިބޭނެ ކަމަށެވެ.