ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ޙިމާޔަތްކުރަން ގްރީންލޭންޑުގެ ވެރިރަށުގަ ބަނގުރާ ވިއްކުން މަނާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ޙިމާޔަތްކުރަން ގްރީންލޭންޑުގެ ވެރިރަށުގަ ބަނގުރާ ވިއްކުން މަނާކޮށްފި

ގްރީންލޭންޑުގެ ވެރިރަށް ނުކްގަ ބަނގުރާ ވިއްކުން ހުއްޓާލައިފިއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ގޭގައި މަޑުކުރަން ޖެހޭ މުއްދަތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވުން ކަމަށެވެ. 

އެ ޤައުމުގެ ޞިއްހީ އިދާރާއިން ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލަތަކުގައި އެކުދިންނަށް ލިބޭ އަނިޔާތަކުގެ ތެރޭގައި އިންފެކްޝަން އުފެދުން ވެސް ހިމެނޭ ކަމަށާއި އެހެންކަމުން މިހާލަތުގައި ކުޑަކުދިންގެ ޙިމާޔަތުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ. 

ގްރީންލޭންޑުގެ ހިސާބުތަކަށް ބަލާއިރު އެ ޤައުމުގެ 33 އިންސައްތަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރެއެވެ. 

މިފަދަ އަމުރުތަކުން ޔަޤީންވެގެން މިދަނީ އިސްލާމް ދީނުގައި ބަނގުރާ ޙަރާމްކުރައްވަވާފައި މިވަނީ އެކަމުގެ ސަބަބުން މުޅި މުޖުތަމައުއަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީ ކަމެވެ. އަދި އެންމެ ހަރުދަނާ އުޞޫލުތައް ހުރީ އިސްލާމް ދީނުގައި ކަމެވެ.

މިއަދު އޮންލައިން