އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ބައްޕައަކު ހައްޔަރު ކޮށްފި!

ކިޔުމަށް ހޭދަވާނީ 31ސ
އަންހެން ދަރިފުޅަށް ޖިންސީ ގޯނާކުރި ބައްޕައަކު ހައްޔަރު ކޮށްފި!

އުމުރުން 14 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ދަރިފުޅަށް ޖިންސީ، ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރަމުންދިޔަ މައްސަލައެއް އިއްޔެ ހުށައެޅިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ އިރޮއޮއްސުނު ވަގުތުގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

 

 

މިއަދު އޮންލައިން