މައްކާ އާ މަދިނާގަ މުއްދަތެއް ނެތް ގޮތަށް ކާފިޔު ހިންގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
މައްކާ އާ މަދިނާގަ މުއްދަތެއް ނެތް ގޮތަށް ކާފިޔު ހިންގައިފި

މައްކާ އާއި މަދީނާގައި މުއްދަތެއް ނެތް ގޮތަށް ކާފިޔު ހިންގައިފިއެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ކޮރޯނާގެ ޙާލަތާއި ގުޅިގެން 2 ސިޓީގެ ރައްޔިތުން ސަލާމަތްކުރުން ކަމަށެވެ. 

ކާފިޔު ހިންގާފައިވަނީ މުއްދަތެއް ނެތިއެވެ. ގެއިން ބޭރަށް ނުކުމެވެނީ ހެނދުނު 6 އިން މެންދުރުފަހު 3 ޖަހަންދެން ޞިއްޙީ ފަރުވާ ހޯދުމަށާއި އަދި ބޭނުންވާ ތަކެތި ގަތުމަށެވެ! އެގޮތަށްވެސް ބޭރަށް ދެވެނީ ގޭދޮށު ސަރަހައްދުތަކަށެވެ. 

ސައުދިޢަރަބިޔާގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ބަލި ޖެހިފައިވަނީ 1,885 މީހުންނަށެވެ. މަރުވެފައިވަނީ 21މީހުންނެވެ. ފަރުވާ ދެމުން ގެންދަނީ 1,536މީހުންނަށެވެ.

މިއަދު އޮންލައިން