އިސްލާމް ދީނާއި ދެކޮޅު ފިކުރުގެ ޤައުމުތަކުންވެސް މިއަދު ބޭނުންވަނީ އެ ޤައުމުތަކުގައި ބަންގީގެ އަޑު ގަދަވާށެވެ! މިގޮތުން ނެދަރލޭންޑްސް އާއި ޖަރުމަނުގެ 100 މިސްކިތުގައި ހުކުރު ދުވަހު ވަނީ ބަންގިގޮވައިފައެވެ.
ބަންގީގެ މުހިންމުކަމުގެ އަޑު ދުނިޔޭގެ ސަމާލުކަމަށް މިފަހަރު އައީ 528 އަހަރު ފަހުން ސްޕޭންގެ ރަށެއްގައި މިސްކިތުގެ ތާޅަފިލިން ބަންގި ގޮވުމުގެ ހުއްދަ ދިނުމުން ބަންގި ގޮވަން ފެށުމުންނެވެ.
ބަންގީގެ މާނަވެސް އެމީހުންނަށް ރަނގަޅަށް އެނގެއެވެ.
"ﷲ ގެ މާތްކަމާއި މަތިވެރިކަމާއި ބާރު ވެސް އެހެން ހުރިހާ އެއްޗަކަށްވުރެ މަތިވެރިއެވެ. ނުވަތަ އެންމެ މަތިވެރިވެވޮޑިގެންވަނީ ﷲ އެވެ. އެންމެހައި ބާރުތަކެއް ވެސް ވަނީ ﷲ ގެ ޙަޟްރަތަށެވެ. ހަމަ އެއާއިއެކު ﷲ މެނުވީ (ޙައްޤުވެގެން އަޅުކަން ކުރެވޭ) އިލާހަކު ނުވާކަމަށް ހެކިވަމެވެ. މުޙައްމަދު (ޞޢވ) ﷲ ގެ ރަސޫލާ ކަމަށްވެސް ހެކިވަމެވެ. އަވަހަށް ނަމާދަށް އަންނާށެވެ! ފަލާޙް ލިބިގަތުމަށް އަވަހަށް އަންނާށެވެ!"
ބޮޑާ ކަމާއި ކިބުރުވެރިކަން ބޮޑުކަމުން މިކަންކަން ޤަބޫލުކުރާކަމަށް ދުލުން ބުނެ އިޢްތިރާފްވާން ބޭނުން ނުވަނީއެވެ. ނަމަވެސް ކުރާ އަމަލުތަކުން އެނގެމުން މިދަނީ އިސްލާމް ދީނުގެ ޙަޤީޤަތް އެމީހުން ޤަބޫލުކުރާ ކަމެވެ.