ސަރުކާރުން އިއުލާންކޮށްފައިވާ ރިކަވަރީ ޕްލޭންގެ ދަށުން ވިޔަފާރިތަކަށް ބީއެމްއެލް އިން ލޯނު ދޫކުރަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ސަރުކާރުން އިއުލާންކޮށްފައިވާ ރިކަވަރީ ޕްލޭންގެ ދަށުން ވިޔަފާރިތަކަށް ބީއެމްއެލް އިން ލޯނު ދޫކުރަނީ

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ވަމުންދާ ގެއްލުން ކުޑަ ކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ރިކަވަރީ ޕްލޭންގެ ދަށުން ވިޔަފާރިތަކަށް އެހީތެރިވުމަށް މިނިސްޓްރީ އޮފް ފިނޭންސް އާއި ގުޅިގެން ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ދޫކުރަން ނިންމައިފިއެވެ.  

ބީއެމްއެލް އިން ބުނެފައިވަނި ސަރުކާރުން ގާއިމްކޮށްފައިވާ މި ސްކީމް އަށް އެދި ހުށަހެޅުމުގެ ފުރުސަތު ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ ފަރުދުންނާއި، ކޯޕްރޭޓްތަކުގެ އިތުރުން ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށާއި މި ފަރާތްތަކަށް ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ވާރކިންގ ކެޕިޓަލް ގެ ގޮތުގައި ފައިނޭންސިންގ އަށް އެދި ހުށަހެޅޭނެ ކަމަށެވެ.

މި ސްކީމުގެ ދަށުން ބީއެމްއެލް އިން ރިސޯޓްތަކާއި އަހަރެއްގެ މައްޗަށް ޓަރންއޯވަރގެ ގޮތުގައި 10 މިލިއަނަށްވުރެ މަތީ އަދަދެއް ހޯދައިފައިވާ ވިޔަފާރިތަކަށް ފައިނޭންސްކޮށްދިނުމަށް ހަމަޖެހިފައިވާއިރު މިއީ އެއްވެސް ރަހުނަކާ ނުލައި، އަހަރަކު %6 އިންޓްރެސްޓްގައި ދޫކުރާ ފައިނޭންސިންގ އެކެވެ.

މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނިގެން ޖުމްލަ 3 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ދައްކާކަށް ނުޖެހޭނެއެވެ.

މިކެޓަރީގައި ނުހިމެނޭ ވިޔަފާރިތަކަށް ކޮވިޑް-19 ރިކަވަރީ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެހެނިހެން މާލީ އިދާރާތަކުން ލިބޭނެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އިން ލިބޭނެއެވެ.

މި ސްކީމް އާ ގުޅޭ އިތުރު މަޢުލޫމާތު ބޭންކް އޮފް މޯލްޑިވްސްެގެ ވެބްސައިޓް  https://www.bankofmaldives.com.mv/covid-19-recovery-scheme  އިން ލިބޭނެއެވެ.

މިއަދު އޮންލައިން